ޚަބަރު

މޮނިޓަރިންގެ ހާލަތުގައި އޮއްވާ މިލަދޫއިން ފުރި 4 މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ނ. މިލަދޫއިން ފުރި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ފުރުން މަނާކޮށްފައި ވަނިކޮށް މިލަދޫ ޓާސްކް ފޯހަށް އަދި މިލަދޫ ޑެސްކް ފުލުހުންނަށް ސިއްރުން އެ ރަށުން ފުރައިގެން ދިޔަ ހަތަރު މީހަކު މިއަދުގެ 15:58 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 30 އަހަރާއި 36 އަހަރާއި އަދި 38 އަހަރުގެ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ އަނބުރާ މިލަދޫއަށް އައިސް ފަޅަށް ވަތްތަނުން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުރުން މަނާ ކޮށްފައިވާ ރަށްތަކުން ފިލައިގެން ފުރާ މައްސަލަތައް މިހާރު ވަރަށް ގިނައިން އަންނަނީ ފެންމަތިވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!