މުނިފޫހިފިލުވުން ދިވެހި ސިނަމާ

ރިހުލާ އާއި ޔުނާންގެ މައްސަލައިގައި ރިޝްމީ ބުނަނީ " ވަރަށް ޑިސަޕޮއިންޓް" ވި ކަމަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއްގައި ހައްޔަރު ކޮށްފައިވާ ޔުނާން އާއި ރިހުލާގެ މައްސަލައާ ގުޅިގެން ޔުނާން އާއެކު ބައެއް ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރި ފިލްމީ ތަރި އަދި ޕްރޮޑިއުސަރު ރިޝްމީ ވަނީ އޭނާ ދެކޭ ގޮތް ހާމަކޮށްފައެވެ.

އިންސްޓްގްރާމް މެދުވެރިކޮށް ފޭނަކު މި މައްސަލަ އާ ދޭތެރޭ ރިޝްމީ ދެކޭގޮތް އެހުމުން ރިޝްމީ ބުނީ ހަގީގަތުގައި ވެސް "ވަރަށް ޑިސަޕޮއިންޓް" ވި ކަމަށެވެ.

ރިޝްމީ ވަނީ ކުރިން ޔުނާން އަކީ އެފަދަ މީހެއްކަން އެނގުނު ނަމަ ރިޝްމީމެންގެ އެއްވެސް ޕްރޮޖްކްޓެއްގައި ބައިވެރިނުކުރީސް ކަމުގައި ބުނެފައެވެ.

"ކޮންމެ މީހަކު ކުރިޔަސް ގޯސް ކަންތައްތައް ހަމަ ގޯސް. ކުރިން އެކަން އެނގުނު ނަމަ ރިޝްމީމެންގެ އެއްވެސް ޕްރޮޖްކްޓެއްގައި ބައިވެރި ނުކުރާނަން" ރިޝްމީ ބުނެފައިވެއެވެ.

ވެބް ސީރީޒް އެހެނަސްއާ މި މައްސަލަ ގުޅުވައި ކުރި ސުވާލަކަށް ޖަވާބު ދެމުން ރިޝްމީ ބުނީ އެހެނަސް ގެ ބޭނުމަކީ ހޭލުންތެރި ކުރުވުން ނަމަވެސް ވިސްނާނީ ވިސްނަން ބޭނުންވާ މީހެއް ކަމަށެވެ. އަދި ކަންތައްތައް ރަނގަޅު ކުރާނީ ވެސް ކަންކަން ރަނގަޅު ކުރަން ބޭނުންވާ މީހުން ކަމުގައި ރިޝްމީ ބުނެފައި ވެއެވެ.

ޔުނާންގެ މައްސަލައިގައި ރިޝްމީ އެކަން ކުށްވެރިކޮށް އެއްޗެއް ބުނެފައި ނުވާތީ ވެސް ބައެއް ފޭނުން ވަނީ ސުވާލު ކޮށްފައެވެ. މި ސުވާލުގެ ޖަވާބުގައި ރިޝްމީ ބުނީ އެހެން މީހުންގެ ވާހަކަ ދައްކަން އެހާ ބޭނުން ނުވާ ކަމަށެވެ. އަދި ކޮންމެ މީހަކު ކުރިޔަސް ގޯސް ކަމެއް ވާނީ ގޯސް ކަމަކަށްކަން އޭނާ ފާހަގަކުރިއެވެ.

" މީހުނަށް އެމީހުން ކުރާ ގޯސް ކަމެއްގެ އަދަބު ލިބޭނެ މި ދުނިޔެ މަތީގަ ނުލިބުނިއްޔާ ދެން އަންނަ ދުނިޔޭގަ ވެސް. ސޯ ރިޝްމީ މެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް" އެ ސުވާލުގެ ޖަވާބު ދެމުން ރިޝްމީ ބުނެފައިވެއެވެ.

ރިޝްމީގެ ފިރިމީހާ ރަވީ ފާރޫގް ޑައިރެކްޓްކޮށް ގެނެސްދިން "އެހެނަސް" ސީރީޒް އިން ޔުނާން އާ ރިހުލާ ވަނީ ފެނިގެން ގޮސްފައެވެ.

މި މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކޮށްފައި ވާއިރު ރިހުލާގެ މައްޗަށް ފަސް ދައުވާ އެއް ކޮށްފައެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު،ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާއަކާއި، އެ ކުއްޖާ ލައްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާ އާއި، އަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ، އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއެވެ.

މި ދައުވާތައް އޭނާގެ މައްޗަަށް ސާބިތުވެއްޖެނަމަ މަދުވެގެން 110 އަހަރާއި ދެ މަހާއި 12 ދުވަހަށް ނުވަތަ ގިނަ ވެގެން 133 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައުން ގާތެވެ.

ރިހުލާގެ މައްޗަށް ކުރި 5 ދައުވާގެ ތެރެގައި ހިމެނެނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!