ޚަބަރު

ރާއްޖެއިން ނިޔާވި ދިވެއްސަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާ ގެއަކުން މަރުވިމީހާ މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by STELCO

"ދުވަސް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ މި މަހުގެ 22 ވަނަ ދުވަހު މޮނީޓަރިން ހާލަތަށް ގެންދިޔަ ގެއަކަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހެކެވެ.

އަދި އޭނާ މަރުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ރޯދަ ވީއްލި ވަގުތުގައި ކަމަށާއި އަވަހަށް ޓެސްޓްކޮށް ނަތީޖާ އަވަހަށް ލިބުނީ އެ ގެއަކީ މޮނީޓަރިން ހާލަތުގައި ހުރި ގެއަކަށް ވުމުންކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.

ނަމަވެސްމިރޭ 1:00 ގައި ސަރުކާރުގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!