ޚަބަރު

އަދާހަމަ: ޕްރެސް ކޮންފަރެންސް 1:30 އަށް ލަސްކޮށްފި

ދެން އެމްވީ

އަޕްޑޭޓް: ޕްރެސް ކޮންފަރެންސް މިހާރުވަނީ 1:30 އަށް ލަސްކޮށްފައެވެ.

މިރޭ ދަންވަރު އެކެއް ޖަހާއިރު ކުއްލި މީޑިއާ ބްރީފިންއެއް ބާއްވަން އެންއީއޯސީން ނިންމައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ ކަން ސަރުކާރުން ހާމަކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

ހެލްތް މިނިސްޓްރީން ބުނީ، ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 1:00 ޖަހާއިރު އޮންލައިންކޮށް އޮންނާނެ ކަމަށާއި، އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިން 12:30 ގައި އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ސަރުކާރުން ބާއްވަން ތާވަލު ކުރިއިރު، ރާއްޖެއިން ނިޔާވި ދިވެއްސަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް "ދެން" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!