ރިޕޯޓް ޓެކްނޮލޮޖީ

ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުވެރިކަން ވެސް ޓެކްނޮލޮޖީއަށް ބަދަލުވީތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޓްކްނޮލޮޖީއަކީ ކުރިއަރަމުން އަންނަ އެއްޗެކެވެ. ކޮންމެ އަހަރަކު ވެސް ޓްކްނޮލޮޖީގެ މުޅިން އައު ވަސީލަތެއް މިހާރު ތަޢާރަފް ކުރެއެވެ. ސުވާލަކީ ކުރިއަރަމުން އަންނަ ޓްކްނޮލޮޮޖީއާއިއެކު އެކުވެރިކަން ވެސް ޓެކްނޮލޮޖީއަށް ބަދަލުވީ ހެއްޔެވެ؟

Ads by Sosun Fihaara

މިޒަމާނަށް ބަލާލާ ނަމަ ސުކޫލު ނުނިމެނީސް ކުދިން އަތުގައި ފޯނު އޮންނަ މަންޒަރު ފެނެއެވެ. އާދޭހެވެ. އޭރުގައި އަޅުގަނޑުމެން އަތުގައި ފޯނެއް ކީއްކުރަންތޯއެވެ. އެންމެ ކުޑަމިނުން ލެޕްޓޮޕް ގަނޑެއްހާ ވަރު ވެސް ނޯންނާނެއެވެ. އަދި މާ ބޭނުން ވެގެނެއް ވެސް ނޫޅެމެވެ. ސުކޫލުގައި އޮންނަ ކޮމްޕިއުޓަރު ކުލާސް ގަޑީގައި ހުރިހާ ރައްޓެހިން އެއްކޮށް ކޮމްޕިއުޓަރު ކުޅެލަން އެ ހޭދަ ކޮށްލާ ވަގުތުކޮޅު ފުދެއެވެ.

އޭރުގައި ފޭސްބުކަކީ ކޮން އެއްޗެއް ކަމެއް ހަގީގަތުގައި އަޅުގަނޑުމެނަށް ނޭނގެއެވެ. އެހެންނަމަވެސް މިއަދު ފޭސްބުކު ބަލާލުމުން ފެނިގެން ދަނީ، ގުރޭޑޫ 4 ގައި ވެސް އުޅޭ ކުއްޖާ ފޭސްބުކުގައި "ރިލޭޝަންޝިޕް" ޖަހައިގެން އުޅޭ މަންޒަރެވެ. އެހެން ނަމަވެސް އަޅުގަނޑުމެން މިއުމުރުގައި އުޅެމުން ދިޔައީ މިގޮތަކަށް ނޫނެވެ. އާދޭހެވެ. މިއީ ހަގީގީ އުފާވެރިކަމާއި މަޖާ ހެއްޔެވެ؟ ހަގީގީ މަޖާ ކިޔައިދެންތޯއެވެ.

ހަގީގީ މަޖަލަކީ، އޭރު ސުކޫލު ނިންމާލުމަށް ފަހު ކުލާސް އެންމެން އެއްވެގެން ކޮންމެސް ކުޅިވަރެއް ކުޅުމެވެ. ކޮންމެސް ގެއަކުން އެންމެން ދިމާވެގެން މީރު ކާއެއްޗެއް ކައްކައިގެން ކެއުމެވެ. އެއްވެސް މީހެއް އަތުގައި ފޯނެއް ނޯންނާނެއެވެ. އެހެން ނަމަވެސް އެންމެން އެންމެނާ ވެސް ނުލާހިކު ސަކަރާތް ޖަހާނެއެވެ. ދައްކާން ވާހަކަތައް ހުސް ނުވާނެއެވެ. އެހާމެ މަޖާ ކުރާނެއެވެ. އެހެންނަ މަވެސް މިއަދު ފެނަންނީ މުޅިން އެހެން މަންޒަރެކެވެ.

ސުކޫލުން ނިންމާލުމަށް ފަހު ކޮންމެ ކުއްޖެއް ވެސް އޮންނަނީ ގޭގައެވެ. ވާހަކަ ދައްކަނީ "ވައިބާރ ނޫނީ މެސެންޖާ" އިންނެވެ. މިއީ މިކަން ކުރަންވީ ގޮތް ހެއްޔެވެ؟ ދެރަހުމަތްތެރިއަކު ކޮފީއަކަށް އެރިކަމުގައިވީ ނަމަވެސް ދެމީހުން ވެސް ފޯނަށް ގެއްލިފައި އެތައް އިރެއް ވަންދެން އިނދެދާނެއެވެ. ގަޑި ދެގަޑިއިރު ވާއިރު ވެސް ރޭކައި ނުލާނެއެވެ. ބަރޯސާ ވެވިފައި އޮންނަނީ ފޯނަށެވެ. ބޭރަށް ދިޔަ ކަމުގައިވީ ނަމަވެސް ފޯނު ނުލައި ދެވިއްޖެ ނަމަ ހިތްހަމައެއް ނުޖެހޭނެއެވެ. ބޭރަށް ދިއުމުގައި އަންނައުނު ލާ ފަދައިން ފޯނަކީ ވެސް މިހާރު ޒަރޫރީ އެއްޗަކަށް ބަދަލުވީއެވެ.

މިއީ އަދުގެ ހާލަތެވެ. ފޯނުގެ ޒަރިއްޔާއިން ރަހުމަތްތެރިކަން ބަދަހި ކުރުމުގެ ޒަމާނެވެ. ހިތާމައަކީ މިއަދު، އުމުރުން އެންމެ 12 އަހަރު ވާއިރަށް ކޮންމެ ކުއްޖެއް އަތުގައި ވެސް ފޯނެއް އޮންނާތީއެވެ. އޭގެ ސަބަބުން ތައުލީމާއި ތަރުބިއްޔަތަށް ނޭދެވޭ އެތައް އަސަރެއް ކުރާތީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!