ޚަބަރު

މިހާތަނަށް އެއްވެސް މީހަކު ވެންޓިލޭޓަރގައި ފަރުވާ ދީފައެއް ނުވޭ: ޑރ. މޫސަ

ދެން އެމްވީ ، ދެން އޮންލައިން

މިހާތަނަށް ކޮވިޑް ޖެހިގެން އެއްވެސް މީހަކު ވެންޓިލޭޓަރގައި ފަރުވާ ދީފައެއް ނުވާ ކަަމަށް ޑރ.މޫސާ ހަސަން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. މޫސަ މިހެން ވިދާޅުވީ މިހާރު ކުރިއަށް ދަމުންދާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި، ދަރުމަވަންތަ ހޮސްޕިޓަލް ގައި ފަރުވާ ދެމުންދާ 5 މީހުނާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

" ދަރުމަވަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް ފަރުވާ ދެމުން އެބަދޭ. އޭގެ ތެރެއިން ތިން މީހަކު އެއީ އެހެން ބަލިތަކުގެ މީހުން. އޭގެ ތެރެއިން އެންމެ ދުވަސްވީ މީހާ މިއަދު އޮކްސިޖަން ބޭނުންވެގެން އޮކްސިޖަން ދިނިން. އެކަމަކު އެއްވެސް މީހަކު ވެންޓިލޭޓަރަކަށް ނުލަން. މީގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުންނަކީ ދިވެހިން." ޑރ. މުސް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 5 މީހުންގެ ތެރެއިން 3 މީހުނަކީ ހަކުރު ބައްޔާއި ސްޓްރޯކް ފަދަ އިތުރު ސިއްހީ އިތުރު ކޮމްޕްލިކޭޝަންސް ހުރި މީހުނެވެ.

އެޑްމިޓް ކުރެވުނު މީހުންގެ ތެރެއިން އޮކްސިޖަން ސަޕޯޓު ދެވިފައިވަނީ 80 އަހަރުގެ މީހާއަށެވެ. މީގެ އިތުރުން ވެސް އިތުރު ދެ މީހަކަށް ވަނީ އޮކްސިޖަން ސަޕޯޓު ދެވިފައެވެ.

ތަފްސީލް އަންނަނީ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!