އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 24.95 މިލިއަން ޑޮލަރު (384.7 މިލިއަން ރުފިޔާ) އަށެވެ.
ހަ ބުރި އަށް ހަދާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތެވެ.
25th December 2024, Wednesday
ސައުދީ އަރަބިއްޔާ ސަރުކާރުގެ އެހީގައި މާލޭގައި ބިނާ ކުރާ ކިންގް ސަލްމާން މިސްކިތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ކިންގް ސަލްމާން މިސްކިތުގެ އަމަލީ މަސައްކަތުގެ 91 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މިހާރު ކުރިއަށްދަނީ މިސްކިތުގެ ބޭރުގެ ލޭންޑްސްކޭޕިން އާއި، ލައިޓު ޖެހުމާއި، ސާފުކުރުމާއި، ޕެރެޕެޓް ވޯލްގެ ޓްރެވަރޓެއިން ޓައިލްސް ޖެހުމާއި، މިސްކިތުގެ އިންޓީރިއަރ ފިނިޝިންގެ މަސައްކަތްތައް ކަމަށް މިނިސްޓްރީން ބުނެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.
އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 24.95 މިލިއަން ޑޮލަރު (384.7 މިލިއަން ރުފިޔާ) އަށެވެ.
ހަ ބުރި އަށް ހަދާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތެވެ.