ޚަބަރު

ކޮވިޑް19 ޖެހިގެން ނިޔާވި މީހާ ވަޅުލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް19 ޖެހިގެން ނިޔާވި އަންހެންމީހާ ވަޅުލައިފިއެވެ.

Ads by MWSC

ކޮވިޑް19 ޖެހިގެން ނިޔާވެފައިވަނީ 83 އަހަރުގެ މީހެކެވެ. މިއީ ކޮވިޑް19 ޖެހިގެން ރާއްޖެއިން މީހަކު ނިޔާވި ފުރަތަމަ ފަހަރެވެ.

މައްޔިތާގެ ކަށުކަމާ ކެމީގެ ކަންތައް ކޮށްފައިވަނީ އެމްއެންޑީއެފްގެ އަންހެން ސިފައިންނެވެ. އަދި މައްޔިތާގެ ސަންދޯއް އުފުލީ ފިރިހެން ސިފައިންނެވެ. އެ ސިފައިން ތިބީ، ރައްކާތެރި ކަމުގެ ސޫޓް، ޕީޕީއީ ލައިގެން ކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮވިޑް19 ޖެހިގެން ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެ ހާލު ދެރަވުމުން އިއްޔެ ހަވީރު ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މިރޭ ކުރިޔަށްގެންދިޔަ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ނިޔާވި މީހާ ވަޅުލާނީ މާލޭގައި ނިޔާވާ އެހެން މީހުންވެސް ވަޅުލާ ސަހަރާގައި ކަމަށެވެ. އަދި އިލްމުވެރިންނާއި މަޝްވަރާ އާއެކު އެމީހާގެ ހިނެވުމުގެ ކަންކަމާއި، ނިޔާވުމަށްފަހު ވަޅުލުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށާއި ކަށުކަމާކެމީގެ ކަންތައް ކުރާނީ އަންހެން ސިފައިން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!