ޚަބަރު

ރިިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ނުކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީސް އާ އަހަރަށް ހުޅުވައި ދެއްވާ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވާ ޖަލްސާގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

Ads by STELCO

ރައީސް އިބްރާހިމް ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ދެއްވާ ދެވަނަ ރިޔާސީ ބަޔާން ދެއްވާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕް ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅު ކޯލިޝަނުން ބޮއިކޮޓު ނުކުރާނެ ކަމަށާއި ނަމަވެސް އެ ޖަލްސާގައި އިހުތިޖާޖެއް ކުރާނެ ކަން ނުވަތަ ނޫންކަން އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނުނިންމާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ހުކުމް އިއްވި ފަހުން މަޖިލީހުގައި ބޭއްވުނު ކޮންމެ ޖަލްސާއެއްގައި، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ އިހުތިޖާޖު ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!