ދުނިޔެ

ކޮރޯނާވައިރަސް ޖެހިފައި ނެތަސް ސައުތު ކޮރެޔާގައި ހަދާ ޓެސްޓްތަކުން ޕޮޒިޓިވް ކަމަށް ދައްކަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާކޮށް ރަގަޅު ވެފައިވާ މީހުން އަލުން ޓެސްޓްކުރުމުން ވެސް ބައްޔަށް ޕޮޒިޓިވްވާ އަދަދު ގިނަ ކަމުން، ސައުތު ކޮރެޔާގައި އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ޚަބަރުތައް ބުނާގޮތުގައި މި ދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް އެގައުމުން މިފަދަ 141 ކޭސް ވަނީ ރެކޯޑް ކުރެވިފައެވެ.
ސައުތު ކޮރެޔާގެ ސެންޓްރަލް ކްލިނިކަލް ކޮމިޓީގެ އިސްވެރިޔާ، އޮހް ޔަންގ-ޑޮން ހާމަ ކުރިގޮތުގައި މިއީ ޓެސްޓް ކުރުމުގައި ދިމާވާ މައްސަލައަކުން ނިކުންނަ ނަތީޖާއެވެ. މި ޓެސްޓްތަކުގެ ޞައްހަކަށް ކަށަވަރެއް ނުވެއެވެ.

ޗައިނާގައިވެސް މިގޮތަށް ބަލިން ރަނގަޅުވެފައިވާ މީހުން އަލުން ބައްޔަށް ޕޮޒިޓިވްވާ ކަމުގެ ރިޕޯޓްތަކެއް ލިބުނެވެ. ޕެން ސްޓޭޓްގެ ސެންޓަރ ފޮރ އިންފެކްޝަސް ޑިޒީޒް ޑައިނަމިކްސްގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ނީޓާ ބާރތީ "ދަ ހިލް" އަށް މައުލޫމާތު ދިން ގޮތުގައި ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ޓެސްޓް ކުރާނަމަ، ބަލި ނެތަސް ބައްޔަށް ޕޮސިޓިވް ކަމަށް، އަދި ބަލި ހުއްޓަސް ބައްޔަށް ނެގަޓިވް ކަމަށް ދައްކަފާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!