ޚަބަރު

ގޮއިދޫން ފެހެންދުއަށް ފަތާފައި ދިޔަ މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ބ. ގޮއިދޫން އެ އަތޮޅު ފެހެންދުއަށް ފަތާފައި ދިޔަ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

Ads by MWSC

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދިޔުން މަނާ ކޮށްފައި ވަނިކޮށް މިއަދު ގޮއިދޫ އިން، ކައިރީ އޮންނަ ފެހެންދޫއަށް ފަތާފައި ދިޔަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ފަތާފައި ގޮއިދޫން ފެހެންދޫއަށް ދިއުމަށް ފަހު އެނބުރި ގޮއިދުއަށް ދަނިކޮށް ފަޅުތެރެއިން ކަމުގައި ވެސް ފުލުހުން ހާމަކޮށްފައިވެއެވެ،

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް އެހެން ރަށްތަކަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެކުރިންވެސް މިގޮތަށް އެއް ރަށުން އަނެއް ރަށަށް އަރަން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!