ޚަބަރު

މޮނީޓަރިންގެ ހާލަތުގައި ވަނިކޮށް މާފަރުން މަސްދަތުރު ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ނ. މާފަރު މޮނީޓަރިންގެ ހާލަތަށް ލާފައި ވަނިކޮށް އެ ރަށުން މަސްދަތުރު ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ މާފަރު މޮނީޓަރިންގެ ހާލަތަށް ލާފައި ވަނިކޮށް އަދި ރަށުން ބޭރަށް ދިއުން ވެސް މަނާ ކޮށްފައި ވަނިކޮށް އެކަމަށް ގޮންޖަހާ ދެ މީހަކު މަސްދަތުރު ގޮސް ރަށުގެ އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރޭ 22:40 އެހާއިރު ކޯޓު އަމުރެއްގެ ދަށުން 59 އަހަރާއި 44 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ ކޮވިޑް19 އާ ގުޅިގެން ރަށްރަށުގެ ޓާސްކް ފޯސްތަކުން އަންގާ އެންގުންތަކަށް އާއްމު ރައްޔިތުން ތަބާވުމަށް އިލްތިމާސް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!