ޚަބަރު

ތިނަދޫގައި މަރުވި މީހާ ކޮވިޑް-19 އަށް ނައްސި

ދެން އެމްވީ ، ދެން އޮންލައިން

މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫގައި ހުންނަ، ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވި މީހާ ކޮވިޑް-19 އަށް ނައްސިވެއްޖެއެވެ.

Ads by Sosun Fihaara

އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެ އަތޮޅު މަޑަވެލި، އާގެ، އުމުރުން 87 އަހަރުގެ ހަސަން އަހުމަދު އެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސާރީ ކޭސް އެއް، ނުވަތަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނެއްގެ ގޮތުގައެވެ.

މައްޔިތާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާ މެދު އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އެކަމާއި ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެޗްޕީއޭގެ ލަފާގެ މަތިން ސަވައިލަންސްގެ ބޭނުމަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށާއި 27 ވަނަ ދުވަހުގެ ރޭ އެމީހާ މަރުވީ އެޗްޕީއޭއާއި ގުޅިގެން ސާމްޕަލް ޓެސްޓްކުރުމަށް މާލެ ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދަނިކޮށް ކަމަށެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ "ސާރީ"ގެ އަލާމާތްތަކާއެކު ބަލިމީހާގެ ސާމްޕަލް ނެގުނު ހިސާބުން ފެށިގެން އައިސީޔޫގައި މަސައްކަތްކުރި އެންމެހާ މުވައްޒިފުން، އެޗްޕީއޭގެ ގައިޑްލައިނާއެއްގޮތަށް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައި ކަމަށެވެ.

ރާއްޖެއިން ފުރަތަމަ ފަހަަރަށް ކޮވިޑް19 ޖެހިގެން އިއްޔެ ވަނީ މީހަކު މަރުވެފައެވެ. ރޭއިރާކޮޅު މަރުވެފައިވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!