ސިފައިންގެ މަސައްކަތަށް ޗީފް އޮފް ޑިފެންސް ފޯހާއި ޑިފެންސް މިނިސްޓަރުގެ ތައުރީފު!
ކޮވިޑް-19 ގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާގެ ކަށުކަމާއިކެމީގެ ކަންކަން ކުރި ސިފައިންގެ ކަނބަލުންނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ތައުރީފު ކުރައްވާ ޝުކުރު އަދާކުރައްވައިފިއެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން އިއްޔެ ފުރަތަމަ ފަހަރަށް މީހަކު ވަނީ މަރުވެފައެވެ. އެމީހާ ހިނަވާ އަދި ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންދިޔައީ ސިފައިންނެވެ. އެމީހާ ވަޅުލުމުގައި އިސްކޮށް ހަރަކާތްތެރިވީ އަންހެން ސިފައިންނެވެ.
ޗީފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވަނީ ކަށުކަމާއިކެމީގެ ކަންކަން ކުރެއްވި ޖަމާޢަތްތެރިންގެ މަސައްކަތް ފާހަގަކުރައްވާފައެވެ.
ސިފައިންގެ ތެރެއިންވެސް ޤައުމީ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ކޮވިޑް-19 އަށް ފައްސިވެފައިވާ ވަގުތެއްގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަމުގައި ކުޑަވެސް މަޑުޖެހުމެއް ނައިސް ސާބިތުކަމާއެކު ސިފައިން ތިބޭނެކަމުގެ ޔަޤީންކަންދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
I salute the brave, female MNDF jamaitherin who performed the last rites.
Despite the tragic news & though the number of MNDF frontline workers testing positive keeps increasing, the Maldivian people can rest assured that we will not falter & that we will fight COVID-19 head on. pic.twitter.com/OLR5H5gDde
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) April 29, 2020
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި ފުރަތަމަ މީހާގެ ކަށުކަމާއި ކެމީގެ ކަންތައްތަކާއި ޖަނާޒާގެ ކަންކަމުގައި ހަރަކާތްތެރިވި ސިފައިންގެ އޮފިސަރުންގެ މަސައްކަތް ފާހަގަ ކުރައްވައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ، ތައުރީފް ކުރައްވާފައެވެ،
މާރިޔާ ކުރެއްވި ޓްވީޓުގައިވެސް، ސިފައިންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނިކޮށްވެސް ޤައުމު އެދި ގޮވާލި ކޮންމެ ކަމެއްގައި އެއޮފިސަރުން ގެންދަނީ ޤައުމީ ވާޖިބު އަދާކުރައްވަމުންކަން ވަނީ ފާހަގަކުރައްވާފައެވެ.
Yesterday we had so many positive cases @MNDF_Official but last night our TROOPS were there to bury our 1st #COVID related death. MEN WOMEN alike in uniform they stand, BRAVELY doing what the NATION asks of them. Today with tears of SORROW but with PRIDE, we SALUTE YOU