ޚަބަރު

މިއަދު މިހާތަނަށް 116 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 މިއަދު މިހާތަނަށް 116 މީހަކު ފައްސި ވެއްޖެއެވެ.

Ads by STELCO

ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ އެ ވަގުތާ ހަމައަށް 280 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ދާދި ދެންމެ އަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ އިތުރު 95 މީހަކު ފައްސިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 61 މީހަކާއި 32 އިންޑިއާ މީހަކާއި ނޭޕާލަށް ނިސްބަތްވާ ދެ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަލަށް ފައްސިވި މީހުންނާއެކު ރާއްޖެއިން މި ވައިރަސް އަށް ފައްސިވި މީހުންގެ އަދަދު ވަނީ 396 އަށް އަރާފައެވެ.

މި ބަލީގައި އިއްޔެގެ ވަގުތެއްގައި ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް މީހަކު ނިޔާވެފައެވެ. މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމްއެވެ.

ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން އިއްޔެ ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!