ޚަބަރު

ކުރެއްދޫ ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ފުރަތަމަ ޕޮޒިޓިވް މީހަކު ފެނުނު ކުރެއްދޫ ރިސޯޓުގެ މުވައްޒަފުން އެރަށުން ފޭބުމުގެ ހުއްދަ ދީފިއެވެ.

Ads by MWSC

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު އެ ރިސޯޓަށް ފޮނުވި ސިޓީއެއްގައި ބުނަފައިވަނީ، ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެންގި އެންގުމުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަވެފައިވާތީ، އެރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަކު ވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ރާއްޖެ އިން އިޓަލީއަށް ދިޔަ ފަހުންނެވެ. އެ ޓޫރިސްޓު ފުރައިގެން ދިޔަ ފަހުން، އެ ރިސޯޓުން ފުރަތަމަ ޕޮޒިޓިވްވީ އޭނާ އަށް ފަރުވާދިން 49 އަހަރުގެ ބިދޭސީ ޑޮކްޓަރެވެ. އެ ރިސޯޓުގައި ބަލި ފެތުރިފައި އޮވެދާނެ ކަމަށް ބަލައި ހެދި ކޮންޓްރެކްޓް ޓްރޭސިންގައި އެކަހަރިކުރި މީހުންގެ ތެރެއިން، ހަަތަރު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ. މި އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!