ޚަބަރު

މިއަދު ފައްސިވި 9 ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ 2 މީހުން ހިމެނޭ!

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން ދުވަސްވީ ދެ މީހުން ހިމެނޭ ގޮތަށް އިތުރު 11 މީހަކު މިއަދު އަނެއްކާވެސް ފައްސި ވެއްޖެއެވެ.

Ads by MWSC

ހެލްތު މިނިސްޓްރީން ކޮވިޑަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޑޭޝް ބޯޑުން ދައްކާގޮތުން މިއަދު ޕޮސިޓިވްވީ މީހުންގެ ތެރޭގައި 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނަކު ހިމެނެއެވެ.

މިއަދު މިހާތަނަށް 116 މީހަކު ފައްސި ވެފައިވާއިރު، މި ވައިރަސް އަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު ވަނީ 396 އަށް އަރާފައެވެ.

މި ބަލީގައި އިއްޔެގެ ވަގުތެއްގައި ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް މީހަކު ނިޔާވެފައެވެ. މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!