ޚަބަރު

ކޮވިޑް ޖެހިގެން ނިޔާވި މީހާ ވަޅުލީ ތަޔައްމަމް ކުރުމަށް ފަހު: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ޖެހިގެން އިއްޔެ ނިޔާވި މީހާ ވަޅުލީ ތަޔައްމަމް ކުރުމަށް ފަހު ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިހާރު ސަރުކާރުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ކޮވިޑް19 ޖެހިގެން ނުވަތަ ޝައްކު ކުރެވޭނަމަވެސް ވަޅުލުމުގެ ކުރިން ތަޔައްމަމު ކުރުމަށް ނިންމާފައިވާ ކަމަާށެވެ.

"ނިޔާވި މީހާ ތަޔައްމަމް ކުރެވުނު. ޓެގް އާއި އިސްލާމިކް މިނިސްޓްރީން މަޝްވަރާކޮށްފައި، މިނިސްޓްރީން ފަތުވާ ނެރެފައި ވަނީ ޕޮޒިޓިވް ކޭސްތަކާއި ޝައްކު ކުރެވޭ ކޭސްތަކުގައި ތަޔައްމަމް ކުރަން." މަބްރޫކް ވިދާޅުވިއެވެ.

ރޭ ނިޔާވި މީހާ ވެސް ކަފުންކޮށް ވަޅުލީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކޮށްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 މާލޭގައި ފެތުރެން ފެށުމުގެ ކުރިން ޑޮކްޓަރުންނާއި ރާއްޖޭގެ އިލްމުވެރިން ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރި، މީހަކު ނިޔާވެއްޖެ ނަމަ ކަންތައްތައް ކުރާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!