ޚަބަރު

ފައްސިވި 95 ބިދޭސީން ތިބީ އެއްތަނެއްގައި!

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 95 މީހުންނަކީ އެ ތަނެއްގައި އުޅެމުންދިޔަ ބައެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

މިއަދު ފައްސިވި 95 މީހުންގެ ތެރެއިން 61 މީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އަދި 32 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ މީހުން ކަމަށްވާއިރު، އަނެއް ދެ މީހުންނަކީ ނޭޕާލް އަށް ނިސްބަތްވާ މީހުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ރާއްޖެއިން ފައްސިވި 119 މީހުންގެ ތެރޭގައި ހިމެނޭ 95 ކޭސް ފެނިފައިވަނީ އެއް ތަނަކުން ކަމަށާއި އެއީ ކުރީއްސުރެން ފެށިގެން ފާހަގަކުރެވިގެން އައިސޮލޭޝަނުގައިވާ ތަނެއް ކަމަށެވެ.

"95 ކޭސް މިއީ އެއް ތަނަކުން އިނގޭތޯ. އައިސޮލޭޝަނުގައި އޮތް ތަނެއް ކުރީއްސުރެން ފެށިގެން ފާހަގަކުރެވިގެން، ދެން އެތަނުން ނެގުނު ޓެސްޓުތަކުގެ ތެރެއިން 95 ކޭސްއެއް ފައްސިވި ނަތީޖާ ފެނިފައިމިވަނީ" މަބްރޫކް ވިދާޅުވިއެވެ.

ތޮއްޖެހިގެން އެއް ތަނެއްގައި އުޅޭ ބިދޭސީން ރަނގަޅު ހާލަތެއްގައި ހުރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މަބްރޫކް ވަނީ ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ބިދޭސީން އެފަދަ ތަންތަނަށް ބަދަލުކުރަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މި 95 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 396 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!