ޚަބަރު

ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރު ނެރެފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށް ކޯޓު އަމުރު ނެރެފިއެވެ.

Ads by Sosun Fihaara

ސިވިލް ކޯޓުން މިރޭ ބުނީ ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގައި މި ވަގުތު ހުރި މީހެއް ކަމަށެވެ.

ކޯޓުން އަމުރު ނެރެފައިވަނީ އެމީހާގެ ސާމްޕަލް ދިނުމަށް އަމުރުކޮށްފަ އެވެ. އަދި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައިވެ އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭގެ އެންގުންތަކާ ހަދައިގެން ސިވިލް ކޯޓުން ނެރުނު ފަސްވަނަ އަމުރެވެ. މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުން ކަރަންޓީނަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި އޮސްޓްރިއާ މީހެއް ވެސް ހިމެނެ އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!