ޚަބަރު

އިތުރު 72 މީހުން ކޮވިޑަށް ފައްސިވެ، ރާއްޖެއިން ފައްސިވި މީހުންގެ އަދަދު 468 އަށް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 އަށް އިތުރު 72 މީހަކު ފައްސިވެއްޖެ އެވެ.

Ads by MWSC

މިރޭ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 72 މީހުންނަކީ ވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނުންނެވެ.އަދި މިއެންމެން ވެސް ނިސްބަތް ވަނީ އެއް ކްލަސްޓާ އަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ މި 72 މީހުންނަކީ "ސީސީސީ" ކްލަސްޓާގެ މީހުން ކަމަށެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން މިހާރު ދަނީ ކުރަމުންނެވެ.

ބުރާސްފަތި ދުވަހަކީ ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 119 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 191 އަރާފައެވެ.

އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 468 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް މި ބަލި ޖެހުނު 468 މީހުންގެ ތެރެއިން 252 މީހުންނަކީ އެޤައުމަށް ނިސްބަތްވާ މީހުނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރޭގައި 145 ދިވެހިން ހިމެނެއެވެ.މީގެ ތެރެއިން އެކަކު މަރުވެފައިވާއިރު 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައި ވަނީ މާލެއިންނެވެ. މުޖުތަމަޢުތެރެއިން މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، މާލެއިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ވެސް އެކެއްގެ ސާމްޕަލް މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އެހެންކަމުން މި ބަލީގެ ނުރައްކާ މާލެ ސަރަޙައްދަށް ވަނީ ބޮޑުވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާރިޗް މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން މަދު މަދުން ވޭދަނަތައް (ކޭސްތައް) ފެންނަމުން އައިސް އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިިވި ފަހުން މާލެ އިން ފެންނަ ވޭދަނަތައް ދަނީ އިތުރުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!