ޚަބަރު

އެންމެ ރަށެއް ފިޔަވައި، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

އެންމެ ރަށެއް ފިޔަވައި، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުން ބައެއް ރަށްރަށުގައި އެމަޖެންސީގައި ބަލިމީހުން އުލަމުން އައީ ގާޑިޔާ ތަކާއި ބަރޯތަކުގައެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް މިހާރު ވާނީ ހަމަކޮށްފައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ޕެރަމެޑިކް 21 އެމްބިއުލާންސެއް ލިބުނު ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފަސް އެމްބިއުލާންސް ހޯދި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްބިއުލާންސެއް ނުފޮނުވި ވަނީ އެންމެ ރަށަކަށް ކަމަށާއި ވަރަށް އަވަހަށް އެ ރަށަށް ވެސް އެމްބިއުލާންސެއް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިހާތަނަށް ދުވަހަކު ވެސް އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭ ބ.ފުޅަދޫ، ފެހެންދޫ، ކިހާދޫގެ އިތުރުން ށ. ނޫމަރާއަށް ވަނީ އެމްބިއުލާންސް ފޮނުވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!