ޚަބަރު

ބޭރު ޤައުމުތަކުގެ އެހީއަށް އެދި ސަލާންޖެހުން އެމްޑީޕީން ސިސްޓަމަކަށް ހަދައިފި: ޑރ. ޖަމީލު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޭރު ޤައުމުތަކުގެ އެހީއަށް އެދި ސަލާން ޖެހުން އެމްޑީޕީން ސިސްޓަމަކަށް ހަދައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި ވެސް ވަނީ އިތުރު ވެފައެވެ. އެހެންކަމުން ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ. މި ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން މިވަނީ ޤަޢުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާން ޖެހުން ސިސްޓަމަކަށް ހަދާފައިވާ ކަމަށެވެ.

"ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑުވާނެ! އެތައް ޖީލަކަށް އިޤްތިޞާދު ފުނޑުފުނޑުވެގެން އެ ދިޔައީ!" ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ރޭޓިން ދަށްކޮށް ފިޗުން ބުނީ ރާއްޖެއިން އެކި ޤައުމުތަކުގެ އެހީ ހޯދި ނަމަވެސް ރާއްޖޭގައި ބޭރު ފައިސާ މަދު ކަމަށެވެ. އެހެންކަމުން އެހެން ޤައުމުތަކަށް ބަރޯސާވާން ޖެހޭ ވަރު ބޮޑު ކަމަށާއި ޓޫރިޒަމް ރަނގަޅު ނުވަނީސް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ފިޗުން ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!