މި ދަނޑިވަޅުގައި ވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރުމުގައި ދެމިހުންނާނަން: ރައީސް
ކޮވިޑް-19އާ ދެކޮޅަށް ކުރަމުން މިދާ ހަނގުރާމާގައި ވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި ހުރިހާ ގައުމެއްގެ އިގްތިޞާދަށްވެސް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށެވެ.
ދިވެހިރާއްޖެއަކީ އެހެން ޤައުމުތަކަށް ބަރޯސާވުން ބޮޑު ޤައުމެއްކަމުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރު އެހެން ޤައުމުތަކަށްވުރެ ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
COVID19 has brought great upheaval to the world economy and challenged workers' rights everywhere. On #MayDay2020, I stand in solidarity with every worker in the Maldives and express my determination to battle this pandemic while ensuring and protecting their rights.
— Ibrahim Mohamed Solih (@ibusolih) May 1, 2020
މި ދަނޑިވަޅަކީ މަސައްކަތްތެރިންގެ ހައްޤުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްޤުތައް ދިފާޢުކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވި އިރު ކޮވިޑް-19 ވައިރަސްއާ ގުޅިގެން ބައެއް ވިޔަފާރި ކުރާ ތަންތަން ބަންދު ކުރަން ޖެހުމާއި އެތަންތަނަށް ދިމާވި ދަތިތަކާ ގުޅިގެން ގިނަ މުއައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.