ޚަބަރު

ކަނޑުހުޅުދޫގައި ވަޅަށް ވެއްޓި މަރުވީ ރޭޕްކުރި ދެ އަހަރުގެ ކުއްޖާގެ ބޭބެ!

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ ގއ. ކަނޑުހުޅުދޫގައި ވަޅަށް ވެއްޓި މަރުވީ އެ ރަށުގައި ދާދި ފަހުން ރޭޕް ކުރި ދެ އަހަރުގެ ކުއްޖާގެ އެއްބަނޑު، ހަތަރު އަހަރުގެ ބޭބެ ކަން އެނގިއްޖެއެވެ.

Ads by STELCO

ފުލުހުން ބުނީ އިއްޔެ ބުނީ ހެނދުނު 11:00 ހާއިރު ކަނޑުހުޅުދޫން ވަޅަށް ވެއްޓި މަރުވެފައި ވަނީ ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ. ވަޅަށް ވެއްޓި އެ ކުއްޖާ ހާލު ދެރަ ވެގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް އޭރު ވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.

ކާފަ އާއި މުނިކާފަ ރޭޕްކޮށް ބޮޑެތި އަނިޔާތަކެއް ދިން ދެ އަހަރުގެ ކުއްޖާ އެއްމާބަނޑު ދެ ފިރިހެން ބޭބެ ތިބެއެެވެ. އެތަނުން އެއް ބޭބެ ވަޅުގައި އޮއްވާ ފެނުނީ އިއްޔެ ހެނދުނު 11 ޖަހާކަންހާއިރު އެވެ. އެނގިފައިވާ ގޮތުގައި އޭރު އެ ކުއްޖާ ވަޅަށް ވެއްޓިފައި އޮންނަތާ ބައިގަޑިއިރެއްހާއިރު ވެއްޖެ އެވެ.

ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި މައްސަލައިގައި އޭނާގެ މައިންބަފައިންގެ މައްޗަށް، އިހުމާލުވުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އަދި އެ ކުއްޖާ ވަނީ، ގދ. ތިނަދޫގައި ދިިރިއުޅޭ އޭނާގެ ބޮޑުދައިތައަކާ ދައުލަތުން ހަވާލުކޮށްފަ އެވެ.

"މިހާރު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭޕްގެ މައްސަލަ ފެންމަތިވީއްސުރެ، އެ ކުއްޖާ އާއި ދެ ފިރިހެން ކުދިންގެ މަންމަ އުޅުނީ މާލޭގަ އެވެ. އެކަމަކު މާލެ ލޮކްޑައުންކުރުމާ އެކު އޭނާ ރަށަށް ގޮސްފައިވާ ކަމަށް ވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!