ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓްރީ (ޕީއެސް)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by MWSC

އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައި މިވަނީ ކުރިން އެ މަގާމްގައި ހުންނެވި އާއިޝަތު ސޫޒަން ހަނީފް ސަސްޕެންޑް ކުރި ފަހުން އޭނާ އެ މަގާމުން އިސްތިއުފާ ދެެއްވުމާއި ގުޅިގެންނެވެ. އޭނާ އަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދު ތަކުގެ މައްޗަށް އެކުލަވާލި އޮޑިޓް ރިޕޯޓާއި ގުޅިގެން ސަސްޕެންޑް ކުރި އެކެކެވެ.

މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސްސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަހާސް) ދިވެހި ރުފިޔާ ލިބިވަޑައިގަންނަވާނެ ކަމަށް ސީއެސްސީގެ އިއުލާންގައި ބަޔާން ކޮށްފައިވެއެވެ.

https://www.gazette.gov.mv/iulaan/view/136607

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުންނަށް މި ފުރުސަތު  19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮންނާނެ ކަމަށް ސިވިލް ސާރވިސް ކޮމިޝަނުގެ އިއުލާން ގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!