ޚަބަރު

ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފެއް ހިމެނޭ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފެއް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަ ކޮށްފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ މުވައްޒަފަކު ޕޮސިޓިވް ވެފައިވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ މުއްވަޒަފަކީ އާންމު އުސޫލުން ޑިއުޓީއަށް ނިކުންނަ މުވައްޒަފެކެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ އެތެރޭގައި ތިބި ހުރިހާ މުވައްޒަފުން ލޮކްޑައުން ކުރެވުނީ ހައެއްކަ ދުވަސް ތެރޭގައި ކަަމަށާއި އެ މުވައްޒަފުން އެކޮމޮޑޭޝަން ހަމަޖައްސާފައިވާނީ އެއް ކްލާސްޓާއަކަށް މީހުން ޕޮޒިޓިވް ނުވާނެ ގޮތަށް ކަމަށެވެ.

އަދި އެތެރޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިކަން ވެސް ފާހަގަކުރެއްވި އެވެ. އަދި އިޖުތިމާއީ ގައިދުރުކަން އިސްކުރުމަށާއި މާސްކް އަޅައިގެން އުޅުމަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!