Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

"ލޮކްޑައުން އަކީ ވައިރަހަށް ވުރެ ބޮޑު ގެއްލުމެއްދޭ ކަމެއް، ވައިރަހާއެކު އުޅެން ދަސް ކުރަން ޖެހޭ"

ލޮކްޑައުން އަކީ ކޮވިޑް-19 ގެ ވައިރަހަށް ވުރެ ބޮޑަށް ގެއްލުންދޭ ކަމެއް ކަމަށާއި ވައިރަހާއެކު އުޅެން ދަސްކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޮކްޑައުން އަކީ ހައްލެއް ނޫން ކަމަށާއި އިގްތިސާދު ހުއްޓުވާލައިގެން ލިބޭ ގެއްލުން މާބޮޑު ކަމަށެވެ. އަދި ކޮވިޑް އާއި އެކު ދިރިއުޅެން ދަސްކުރުން ނޫން ގޮތެއް ނެތް ކަމަށާއި އެހެން ގައުމުތައް ވެސް ގެންދަނީ ލޮކްޑައުން ދޫކޮށްލައި "ހާޑް އިމިއުނިޓީ" އާއި ދިމާލަށް ކަމަށެވެ.

"ލޮކްޑައުންގެ ވިސްނުން އަލުން މުރާޖައާ ކުރަންޖެހޭ. ލޮކްޑައުން އަކީ ވައިރަހަށް ވުރެ ބޮޑު ގެއްލުމެއްދޭ ކަމެއް" އުމަރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އުމަރު ވިދާޅުވީ ބަނޑުހައި ހޫނުކަމުގައި ތިބީ ހަމައެކަނި ބިދޭސީން އެކަނި ނޫން ކަމަށާއި އެތައް ދިވެހިނެއް ވެސް ތިބީ ބަނޑުހައި ހޫނު ކަމުގައި ކަމަށެވެ. އެގޮތުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ލިބުނަސް، ޕްރައިވެކްޓް ސެކްޓާގައި މަސައްކަތް ކުރާ 120،000 އަށް ވުރެ ގިނަ މީހުން ތިބީ މުސާރަ ނުލި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވިއިރު ކޮވިޑް އާއި ގުޅިގެން މާލެ ސަރަހައްދު މިވަގުތު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވަނީ މާލޭގައި މި ބައްޔަށް ފައްސިވާ މީހުން ގިނަ އަދަދަކަށް ފެންނަމުންދާތީ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް