ޚަބަރު

އެއާޕޯޓުގެ މައްސަލާގައި އެންވަޔަރަމެންޓް މިނިސްޓަރު މާފަރަށް

ދެން އެމްވީ ، ދެން އޮންލައިން

ނ. މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑު ނުކުރަން އީޕީއޭން ނިންމުމުން އެ މައްސަލަ ދިރާސާ ކޮށް ބަލަން ތިމާވެއްޓާބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި މިނިސްޓްރީގެ ޓީމެއް މާފަރަށް ޒިޔާރަތް ކޮށްފި އެވެ.

Ads by Sosun Fihaara

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް ތައްޔާރު ކޮށްފައިވާ އީއައިއޭ ރިޕޯޓުގެ މުރާޖައާ ކުރުމަށްފަހު، އެ މަޝްރޫޢު ކުރިއަށްގެންދަން މިހާރު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭ އިން ނިންމި ނިންމުން ޕްލޭނިން މިނިސްޓްރީ އިން އެންވަޔަރަންޓް މިނިސްޓަރަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ބަލަން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއެކު މިނިސްޓްރީގެ ޓިމެއް މިއަދު ވަނީ މާފަރަށް ޒިޔާރަތް ކޮށްފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވިހާވެސް ގާތުން ބެލުމެވެ. އަދި، މި ދަތުރުގައި، ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫއުގެ މައުލޫމާތު އޮޅުންފިލުވުމަށްފަހު ރިޕޯޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރު މިކަމުގައި ނިންމެވިގޮތް އީޕީއޭ އަށް އަންގާނެ އެވެ.

އެންވާރަމަންޓު މިނިސްޓަރު މިކަމުގައި ނިންމަވާގޮތް ތަންފީޒު ކޮށްދެއްވާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިންނެވެ.

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިއުނާފު ކުރި ފަރާތަށް އަންގަންޖެހެ އެވެ. މި މައްސަލަ ޕްލޭނިން މިނިސްޓްރީން އެންވަޔަރަންމަންޓަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 30 ގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!