ޚަބަރު

ތައިލެންޑާއި ސިންގަޕޫރުގެ ހެޔޮއެދޭ ފަރާތްތަކުން ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ތައިލެންޑް އަދި ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ރާއްޖެއަށް މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

Ads by STELCO

ފޮރިން މިނިސްޓްރީން ބުނީ މިއަދު ލިބުނު މެޑިކަލް އިކުއިޕްމަންޓްގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ހަދިޔާކުރި 5000 ޓެސްޓް ހިމެނޭ 25 ޓެސްޓް ކިޓާއި، ތައިލެންޑްގެ ޓްރެވަލް އެޖެންޓެއްކަމަށްވާ މޯލްޑިވްސް ޓްރެވަލް އެކްސްޕަރޓް ކޮމްޕެނީ ލިމިޓެޑްގެ ކޮންސަލްޓިންގ މެނޭޖަރ މިސް ތިޓިތިޕް ތަންޔަކުލްތިޕް ހަދިޔާކުރި 200 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި، އިތުރު 300 ޕީޕީއީ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މިއެހީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މި ދީލަތި އެހީތެރިކަމަށްޓަކައި ހެޔޮއެދޭ ފަރާތްތަކަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ.

އަންނަ ހަފްތާގައިވެސް ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ރާއްޖެއަށް ފޮނުވާ އިތުރު އެހީ ރާއްޖެއަށް ލިބޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!