Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަނަދޫ މީހާ ފައްސިކަން އެނގުނީ ފަރުވާ ހޯދައިގެން ދިޔަފަހުން: ޑރ. އަފްޒަލް

ނ. މަނަދޫ މީހާ ފައްސިކަން އެނގުނީ ފަރުވާ ހޯދައިގެން ދިޔަފަހުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މަނަދޫ އިން ކޮވިޑަށް ފައްސިވެފައިވަނީ އެ ރަށުން ފަރުވާ އަށް މާލެ އައިސްފައިވާ އުމުރުން 80 އަހަރުގެ އަންހެނެކެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވީ އެމީހާ އައިޖީއެމްއެޗް އަށް އައިސްފައިވަނީ ބަނޑުގައި ރިއްސާތީ ކަމަށާއި ބަލީގެ އަލާމާތަކާއި ގުޅިގެން ނޫން ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި އޮންނަ އުސޫލުގެ ތެރެއިން އެމީހާގެ ސާމްޕަލް ނެގި ކަމަށާއި އަދި ފަރުވާ އަށްފަހު އެމީހާ ދެން ދިޔައީ ގެސްޓް ހައުސްއަކަށް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"ގެސްޓް ހައުސް އަކަށް ދިޔަފަހުން އެމީހާގެ ނަތީޖާ އައިސްފައިވަނީ. ނަތީޖާ އައިއިރު ފައްސި. އެއާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ވަރުގަދަ އަށް އެބަކުރޭ. މާލޭގެ ކޮންޓެކްޓް ޓްރޭސިން އާއި އަދި މަނަދޫގެ ކޮންޓެކްޓް ޓްރޭސިން" އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 481 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، މި ބަލީގައި އެކަކު ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް