ޚަބަރު

ގުރުއާން ކިޔަވައިދޭން ބިދޭސީ ޓީޗަރުން ގެނައުމަކީ ނުރައްކާތެރި ކަމެއް: ޑރ. ޒިޔާދު

ދެން އެމްވީ ، ދެން އޮންލައިން

ކީރިތި ގުރުއާން ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޗެނަލް 13 އަށް ދެއްވި އިންޓަވިއު އެއްގައި ޑރ. ޒިޔާދު ވިދާޅުވީ ކީރިތި ގުރުއާން ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނެސްފިނަމަ ދީނީ ގޮތުން ދިވެހީން އަމަލު ކުރަމުންދާ އުސޫލުތަކުން ބޭރުވެގެން ހިގައިދާނެ ކަމަށެވެ. އަދި އަވައްޓެރި ގިނަ ގައުމުތަކުގައި މުސްލިމުން ތަބާވަނީ ހަނަފީ މަޒުހަބަށް ކަމަށާއި ނަމަވެސް ދިވެހީން ތަބާވަނީ ޝާފިއީ މަޒުހަބަށް ކަމަށްވުމުން މަޒުހަބުގެ ގޮތުންވެސް ތަފާތު ކުރުންތަކާއި އަދި ގުރުއާން ތަޖުވީދު މަގަށް ކިޔެވުމުގެވެސް ތަފާތުކުރުންތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ގުރުއާން ކިޔަވައިދޭނެ ދިވެހި ޓީޗަރުން ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ޑރ. ޒިޔާދު ދެއްކެވި ވާހަކައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!