ޚަބަރު

މާލޭގައި ތާށިވެފައި ތިބި މީހުންނަށް ރަށަށް ދެވޭނެ ގޮތް ހަދަން މަޝްވަރާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ލޮކްޑައުން ކުރުމާއެކު، ލަފާ ފުރުން މަނާކުރުމުގެ ސަބަބުން ތަފާތު އެކި ސަބަބުތަކާއި ހުރެ މާލޭގައި ތާށިިވެފައި ތިބި އެކި ރަށްރަށުގެ މީހުންނަށް އަލުން ރަށަށް ދެވޭނެ ގޮތް ހެދުމާ ގުޅޭ ގޮތުން ގައުުމީ ޓާސްކްފޯހުގެ މިރޭގެ ބައްދަލުވުމުގައި މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުން މިރޭ ކުރި ޓުވީޓެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ މިރޭ ގެ ޓާސްކްފޯސް ބައްދަލުވުމުގައި ރަށަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކޮވިޑް19 ގެ ސަބަބުން ބިދޭސީ މަސައްކަތްތެރީންނަށް ކުރަށް އަސަރު ވެސް މަޝްވަރާކޮށްފައިވާކަމަށް އެ ޓްވީޓުގައި ހާމަކޮށްފައިވެއެވެ.

އޭޕްރިލް 15 ވަނަ ދުވަހު މާލެ ލޮކްޑައުން ކުރުމާއެކު ބޭސް ފަރުުވާ އާއި ބައެއް އެހެނިހެން ބޭނުންތަކަށް މާލެ އައިސް ތިބި ގިނަ ބަޔަކު ވަނީ މާލޭގައި ތާށިވެފައެވެ. މީގެ ތެރޭގައި ރިސޯޓު ކަރަންޓީނު ނިމި ރަށަށް ދިއުމަށްޓަކައި މާލެ ދިޔަ ފަރާތްތައް ވެސް ހިމެނެއެވެ.

މިފަދަ ފަރާތްތަކުގެ ތެރެއިން ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން އެހީތެރިވަމުން އަންނަކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޭސްފަރުވާ ހޯދުމަށް ޓަކައި މާލެ ޒިިޔާރަތްކުރި 12 މީހުންނާއި، އެހެނިހެން ބޭނުންތަކަށް މާލެ ޒިޔާރަތްކުރި އަށް މީހަކު ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ.

މީގެ އިތުރުން ލޮކްޑައުންގެ ސަބަބުން މާލެ ނާދެވި ތިބި ގިނަ ފަރާތްތަކެއް ތިބިއިރު މި މީހުންގެ މައުލޫމާތު ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ވަނީ އެއްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!