ޚަބަރު

ރެސިޕީ: ޗިކަން ފްރައިޑް ރައިސް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by STELCO

3 ޖޯޑު ކައްކާފައިވާ ބަތް

250 ގްރާމް ކުކުޅު (ބޯންލަސް)

¾ ޖޯޑު ކޮށާފައިވާ ކެރެޓު

¾ ޖޯޑު ކޮށާފައިވާ ބްރޮކޮލީ

¼ ސައިސަމުސާ މުގުރި އަސޭމިރުސް (ނޫނީ ބޭނުން ވަރަކަށް)

1 ކުޑަ ފިޔާ

3 ލޮނުމެދު

3 ތޮޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)

1 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް

2 ބިސް

ލޮނު (ރަަހަލާވަރަށް)

½ 4 މޭޒުމަތީ ސަމުސާ ތެޔޮ

ހަދާނެގޮތް:

1. ފިޔާކޮޅު ކޮށާލާށެވެ. އަހަރުމެންގެ އެތިކޮޅެއްގެ ފުޅާމިނުގައި ބެހެއްޓީ ސެންޓިމީޓަރެއް ހާވަރެވެ. ލޮނުމެދުތަކާއި ތޮޅިމިރުސްކޮޅު ކުދިކުދިކޮށް ކޮށާލާށެވެ. ކެރެޓު ކޮށީ ބައި އިންޗީގެ ފުޅާމިން ހުންނާނެ ދިގު އެތިކޮޅު ކޮޅަށެވެ. ބްރޮކޮލީ ކޮށިއިރުވެސް ކޮށީ ހަމަ އެކަހަލަ ސައިޒަކަށެވެ.

2. ކުކުޅުކޮޅު ކޮށާލާށެވެ. ކޮށާނީ އެއްފަހަރާ ހަފައިލައިގެން ކާލަން ފަސޭހަވާނެ ކަހަލަ ސައިޒަކަށެވެ. ދެން ކޮށި ކުކުޅަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އަހަރުމެން އެޅީ ¼ ސައިސަމުސަލުގެ ލޮނާއި ¼ ސައިސަމުސަލުގެ އަސޭމިރުހެވެ. ނަމަވެސް އަމިއްލައަށް ކަމުދާ ވަރަކަށް އަޅާލީމާ ރަނގަޅުވާނެއެވެ.

3. ބޮޑު ތަވައަކަށް 4 މޭޒުމަތީ ސަމުސަލުގެ ތެޔޮކޮޅެއް އަޅާފައި އެ ރަނގަޅަށް ހޫނު ކުރާށެވެ. ތެޔޮކޮޅު ހޫނު ވުމުން ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާފައި މުށިކުލަ އަރަންދެން ތެލުލާށެވެ. ގިނި ބަހައްޓާނީ މެދު މިނެއްގައެވެ. އަދި ގެންދަންވާނީ ދޭތެރެ ދޭތެރެއިން ހަލާލަމުންނެވެ.

4. ކުކުޅުކޮޅު ކެކުމުން، އޭގެ ތެރެއަށް ފިޔާކޮޅު އަޅާށެވެ. އަނެއްކާވެސް ހަލަމުން ކައްކާށެވެ. މިފަހަރު ކައްކާނީ ފިޔާކޮޅު މަޑުވަންދެންނެވެ. ދެން ލޮނުމެދުކޮޅު އަޅާފައި ހަމަ އެގޮތަށް އެވެސް މަޑުވަންދެން ކައްކާނީއެވެ. ދެން ކެރެޓާއި، ބްރޮކޮލީއާއި، މިރުސްކޮޅު އަޅާފައި ތަރުކާރީކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާލާށެވެ. އަހަރުމެން ¼ ސައިސަމުސަލުގެ ލޮނުކޮޅެއްވެސް މިގަޑީގައި އަޅާލީމެވެ. ތަވާތެރެ މާ ހިކިހެން ހީވަންޏާ އިތުރު ތެޔޮކޮޅެއް އަޅާލިއަސް ރަނގަޅުވާނެއެވެ.

5. މަޑުމަޑުން ބަތްކޮޅު ތެލިތެރެއަށް އަޅާފައި އެއްކޮށްލާށެވެ. ދެން ސޯޔާސޯސްކޮޅު ތެލިތެރެއަށް އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ.

6. ދެން ދޭފަތުން ތެލީގައިވާ ތަކެތި އަރިމަތިތަކަށް ޖައްސާލާފައި ތަވާމެދުން ހުސްތަންކޮޅެއް ހަދާށެވެ.

7. ދެން އެތަންކޮޅަށް ½ މޭޒުމަތީ ސަމުސަލުގެ ތެޔޮކޮޅެއް އަޅާށެވެ. އެތެޔޮކޮޅު ވަރަށް އަވަހަށް ހޫނު ވެގަންނާނެއެވެ. ހޫނުވުމުން އޭގެ ތެރެއަށް ބިސްކޮޅު އަޅާލާށެވެ. ބިސްކޮޅު އަޅާނީ ކުޑަކޮށް ގިރާލާފައެވެ. ބިސްކޮޅު ކެކުމުން އަވަސް އަވަހަށް ބަތްކޮޅާއި އެއްކޮށްލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!