ޚަބަރު

ތަކަންދޫ ގައި ކުއްލި ހާލަތު އިއުލާނުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހއ. ތަކަންދު އިން ތިން މީހަކު ކޮވިޑް19 އަށް ފައްސިވުމާއި ގުޅިގެން އެ ރަށް މޮނިޓަރިން ގެ ހާލަތުގައި އޮތުމާއެކު، އެ ރަށުގައި ކުއްލި ހާލަތު އިއުލާނުކޮށް ރަށް ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫ ގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވަނި އެ ރަށު ކައުންސިލުންނެވެ. އަދި ކައުންސިލުން ވަނީ މިހާލަތުގައި ރައްޔިތުން އަމަލުކުރަންވީ ގޮތުގެ އުސޫލު އެކުލަވާލައި އާންމުކޮށްފައެވެ.

މި އުސޫލާއެކު ތަކަންދޫ ރައްޔިތުން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ އެއްކޮށް މަނާކޮށްފައެވެ. ރަށަށް އަރާ ފޭބުން ވެސް ވަނީ އެއްކޮށް މަނާކޮށްފައެވެ.

މީގެ އިތުރުން ކޮންމެ ގެޔެެއްގައި ވެސް ބައްޔަށް ޝައްކު ކުރެވޭ މީހުން ގައިދުރުކޮށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި، އެކަހެރި ކުރެވޭ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ު7ވބވ 3ދ ފޯރުކޮށްދިނުމަށް އާއިލާ އަށް ދަތިވެއްޖެ ހާލަތެއްގައި އެކަން އެ ރަށުގެ ކޮވިޑް19 ޓާސްކްފޯސް އިން ކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ އެކަހެރި ކުރެވޭ ފަރާތްތަަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި ކާބޯތަކެތި ފިހާރަތަކުން ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ތަކަންދޫ ކައުންސިލުން ބުނީ އެ ރަށް މޮނިޓރިންގ ހާލަތަށް ގެންގޮސްފައި ވަނީ ގިނަ ބަޔަކު އެ އުޅަނދުން ރަށަށް ދަތުރު ކޮއްފާވާތީ ކަމަށެވެ.

ތަކަންދޫ އިން ޕޮޒިޓިވްވި ތިން މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. މިހާރުވެސް ކާވިޔާ ބޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ބޯޓުން ދަތުރި ކުރި ގިނަ އަދަދެއްގެ ތަކަންދޫ މީހުން ތިބީ ހޯމް އައިސޮލޭޝަން ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!