ޚަބަރު

ރެސިޕީ: ސާގު ޕުޑިން

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by STELCO

1 ޖޯޑު ސާގު

6 ޖޯޑު ފެން

¼ ޖޯޑު ކާށި ކިރު (ޕެކެޓްގައި ދިޔާކޮށް ހުންނަ ވައްތަރު)

¼ ޖޯޑު ހަކުރު

½ ޖޯޑު ގެރިކިރު

6 ކާފޫރު ތޮޅި

3 އިންޗީގެ ފޮނިތޮށިކޮޅެއް

3 އިންޗީގެ ރާނބާފަތް ކޮޅެއް

½ 1 މޭޒުމަތީ ސަމުސާ ފިނިފެން (ރޯޒްވޯޓަރ)

ހަދާނެގޮތް:

1. ތެއްޔަކަށް ފެންފޮދު އަޅާފައި ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ.

2. ފެންގަނޑު ކެކިގަތީމައި ސާގުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.

3. ސާގުކޮޅުގެ ހުދުކަން ގެއްލި އެތެރެ ފެންނަ ކުދި ބޯޅަ ތަކަކަށް އެ ބަދަލުވަންދެން ކައްކާށެވެ.

4. ދެން ސާގުތައް ފުރާނާލުމަށްފަހު ފެނުން ރަނގަޅަށް ދޮވެލާނީއެވެ.

5. ތެއްޔެއްގެ ތެރެއަށް ސާގުކޮޅާއި ހަކުރާއި ކާށިކިރާއި ރާނބާފަތާއި ކާފޫރުތޮޅިއާއި ފޮނިތޮށިކޮޅު އަޅާ އެއްކޮށްލާށެވެ.

6. ތެލީގައި މަތިޖަހާފައި މެދުމިނެއްގައި ގިނި ބަހައްޓައިގެން އެތަކެތި ބޮކިޖަހާ ކެކެންދެން އަނެއްކާވެސް ކައްކާށެވެ. ބޮކިޖަހަން ފެށީމައި ގިނި މަޑުކޮށްލާށެވެ. އަދި ތެލީގައިވީ ތަކެތީގެ ފެންކަން ދަންދެން އެގޮތަށް އުނދުންމަތީގައި ބަހައްޓާށެވެ.

7. ގެރިކިރު ކޮޅާއި ފިނިފެންކޮޅު ތެއްޔައް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު 2 މިނެޓެއްވަރު ކައްކާލާށެވެ.

* މި ޕުޑިންގް ހޫނުކޮށް ހުއްޓާވެސް ކާލެވިދާނެއެވެ. ފްރިޖަށް ލާނަމަ މި ޕުޑިންގް އަޅާނީ މަތިޖެހޭ އެއްޗަކަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!