ޚަބަރު

އިފުރާއި އަމިއްލަފުށި ވިއްކާލަން އިއުލާނު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރ އަތޮޅުގައި އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ފަޅު ރަށް، އިފުރާއި އަމިއްލަފުށި ވިއްކާލުމަށް އިޢުލާން ކޮށްފިއެވެ.

Ads by Sosun Fihaara

ކޯސްޓްލައިން ގުރޫޕް އޮފް ކޮމްޕެނީސްގެ ރިސޯޓު މެނޭޖްމެންޓް ޕާޓުނަރ، ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ(ޓީއެސްއެމްއައިސީ) އިން މި ދެ ރަށުގެ އިތުރުން ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ފުނަދޫ ވެސް ވަނީ ވިއްކާލަން ވަނީ އިއުލާނު ކޮށްފައެވެ.

އިފުރު ރިސޯޓު ވިއްކާލަނީ 2015 އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަން ސާވިސަސްއިން އޮޕަރޭޓު ކުރަމުންދާ އިފުރު ޑޮމެސްޓިކް އެއާޕޯޓާއިވެސް އެކުގައެވެ.

ބ. ފުނަދޫވެސް ވިއްކާލުމަށް ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން ވަނީ އިޢުލާން ކޮށްފައެވެ. އެ ރަށަކީ 11.69 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ އެ ރަށުގައި 90 ވިލާގެ ރިސޯޓެއް ތަރައްޤީ ކުރުމަށެވެ. މިރަށް ވިއްކާލުމަށް ނިންމާފައިވަނީ އެކުންފުނީގެ ރިސޯޓު ހެދުމުގެ ކޮންސެޕްޓާއިވެސް އެކުގައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްގެ އަމިއްލަ ފުށިވެސް ވަނީ ވިއްކާލުމަށް އިޢުލާން ކޮށްފައެވެ. މި ހުރިހާ ރަށްތަކެއްވެސް ވިއްކާލަނީ 50 އަހަަރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!