Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"ކޮވިޑް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައްލުނުވެ އޮތް ބިދޭސީންގެ މައްސަލަ"

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް ބިދޭސީންގެ މައްސަލަކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީން ދިރިއުޅޭ ދަތި ތަންތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ސަރުކާރަށް ބުރަ ބޮޑު މަސައްކަތެއް ނަމަވެސް ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)
— Imran Abdulla (@ShimranAb) May 2, 2020

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ގިނަ 68 ޕަސެންޓު މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ވެސް އެންމެ މި ބަލި ޖެހިފައިވަނީ އެންމެ ގިނަ މީހުން ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ. އެއީ 261 މީހުންނެވެ.

މާލޭގައި ދިރިއުޅޭ ބިދޭސީންްގެ މެދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރަން މިހާރު ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް