ޚަބަރު

ޗައިނާގެ ސަރުކާރާއި ކުންފުނިތަކުން ދޭ ބިޔަ ބޮޑު އެހީގެ ފްލައިޓް ރާއްޖެ އައިސްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާގެ ސަރުކާރާއި އެގައުމުގެ ކުންފުނިތަކުން ފޮނުވި އެހީގެ ތަކެތި ރާއްޖެ އަށް މިއަދު ގެނެސްފިއެވެ.

Ads by STELCO

އެގޮތުން މި އެހީގެ ތަކެތީގެ ތެރޭގައި ކޮވިޑް19 އިން ދިފާޢު ވުމަށް ބޭނުންވާ ސިއްހީ އާލާތްތަކުގެ އިތުރުން 10 ވެންޓިލޭޓަރު ހިމެނެއެވެ.

މީގެ އިތުރުން ޗައިނާ އިން ގެނައި އެހީގެ ތެރޭގައި ހިމެނެނީ:

ޑިސްޕޯސަބުލް ޕްރޮޓެކްޓިވް މާސްކް (20،9080)

އެން 95 ޕްރޮޓެކްޓިވް 11،500 މާސްކް

ކޭއެން 95 ޕްރޮޓެކްޓިވް 20،000 މާސްކް

އިންފްރާރެޑް ތާމޯމީޓަރު (50)

ގޮގުލް (500)

ފަރުވާދޭ 20 އެނދު

ޓެސްޓިން ކިޓް 10،000)

ޗައިނާ ސަރުކާރުގެ އިތުރުން ރާއްޖެއަށް ތަކެތި ހަދިޔާކޮށްފައިވާ އެގައުމުގެ ކުންފުނިތަކަކީ އަލީބާބާ ފައުންޑޭޝަން / ޖެކްމާ ފައުންޑޭޝަން, ޗައިނާ މާރޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް, ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕޮރޭޝަން, ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯ ލިމިޓެޑް, ޑޮންގފެންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން, ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް, ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިންގ ކޯ ލިމިޓެޑް އާއި ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް އެވެ.

މި އެހީތަކާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާގެ ރައީސް ޒީ އަށާއި, ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މި ދަތި ހައްސާސް ދަނޑިވަޅުގައި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދެއްވި ޗައިނާގެ ޖަމިއްޔާ ޖަމާޢަތްތަކަށާއި, ކުންފުނިތަކަށް, އެ ފަރާތްތަކުން ވެދިން މަދަދާއި ބެހެއްޓެވި ހެޔޮ ގާތްކަމަށްޓަކައި ވެސް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މި އެހިގެ އިތުރުންވެސް ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ ރާއްޖެއަށް އިތުރު އެހީތައް ވެދެމުންނެވެ. އެގޮތުން ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!