ޚަބަރު

ކޮވިޑްގެ ދުވަސްވަރު ކުއްޖާ ރީނދޫ ވެއްޖެނަމަ ބިލިރުބިން ހުރިވަރު ޓެސްޓު ކުރުން މުހިންމު: ޑރ. ފައިސަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑްގެ ދުވަސްވަރު ކުއްޖާ ރީނދޫ ވެއްޖެނަމަ ބިލިރުބިން ހުރި މިންވަރު ޓެސްޓު ކުރުން މުހިންމު ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަދަރިފުޅުގެ ޢުމުރުން ފުރަތަމަ ހަފުތާގައި ރީނދޫ ވުމަކީ ޢާއްމު ކަމެއް ކަމަށެވެ.

"ފުރަތަމަ ފެންނާނީ ލޮލުން، އެއަށްފަހު މޫނު، ބަނޑު، އަތް ފައި ހިމެނޭ." ޑރ. ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރީނދޫކަމަށް ފެންނަނަމަ މި ކޮވިޑުގެ ދުވަސްވަރު ބިލިރުބިން ހުރިވަރު ޓެސްޓު ކުރުން މުހިންމު ކަމަށާއި އެބައި މާ މަތިވެއްޖެނަމަ ލޭ ބަދަލުކުރަންވެސް ޖެހިދާނެ ކަމަށެވެ.

ކޮވިޑްގެ ނުރައްކާ އެންމެ ބޮޑީ ފަސް އަހަރު ނުވާ ކުޑަ ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަނަ މީހުންނާއި ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. މި ނޫން މީހުންނަށް އެ ބަލި ޖެހުމުން ވަރަށް ފަސޭހައިން ރަނގުވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!