ޚަބަރު

ރެސިޕީ: ޗޮކްލެޓް ކަނަމަދު ކޭކް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާނެ ތަކެތި

Ads by MWSC

ކޭކް އަށް:

150 ގުރާމު ކަނަމަދު (ކައްޗަށް ކޮށާފައި)
150 ގުރާމު ހަކުރު (މިކްސްޗަރުން މުގުރާފައި)
150 ގުރާމު ފުށް
1 މޭޒުމަތީސަމުސާ ބޭކިން ޕައުޑަރު
1 ސައިސަމުސާ ވެނީލާ އެސެންސު
2 ކުކުޅު ބިސް
1 މޭޒުމަތީސަމުސާ މާޖިރީން
2 ސަމްސާ ކޮކޯ ޕައުޑަރ
½ ޖޯޑު ލެކުނޯ މިލްކް ނުވަތަ ޑަޗް ލޭޑީ މިލްކް

ޗޮކްލެޓް ގްލޭޒްއަށް:

70 ގްރާމް ބަޓަރ
3/4 ދަޅު ގެރިކިރު
1 ސަމްސާ ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް
ފުށާއި ބޭކިން ޕައުޑަރު އެއްކޮށްފައި ފުރާނާލާށެވެ. ދެން މާޖިރީނާއި، ބިހާއި، ހަކުރު އެއްކޮށްފައި ހޭންޑް މިކްސަރަކުން ގިރާލުމަށް ފަހު ފުށާއި، ކިރު ފޮދު އަޅާލާށެވެ. އެ އަށް ފަހު، އަނެއްކާ ވެސް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ކަނަމަދާއި ވެނީލާ އެސެންސު އެޅުމަށް ފަހު، ދެން ސަމުސަލަކުން ރަނގަޅަށް އެއްކޮށްފައި، ޓްރޭއަކަށް (ފުލުގައި ތެޔޮފޮދެއް ހާކާފައި) އެޅުމަށް ފަހު ފިހެލާށެވެ. ކޭކް ފިހެވުމުން ޗޮކްލެޓް ގްލޭޒް ގެ ހުރިހާ އިންރިޑިއަންޓްސް ރަނގަޅަށް އެއްކޮށްލުމަށް ފަހު ކޭކް މައްޗަށް އަޅާލާށެވެ. އަދި މުގުރާފައި ހުރި ކަނަމަދު ކޮޅެއް މައްޗަށް އަޅާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!