ބަހްރައިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ބަހްރައިންގެ ބޮޑުވަޒީރު ޝެއިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަ ވެއްޖެއެވެ.
އެމަނިކުފާނު ނިޔާވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 84 އަހަރެވެ. ބޭރުގެ މީޑިއާތަކުން ޚަބަރު ލިބޭ ގޮތުގައި އެމަނިކުފާނު އަވަހާރަވެފައި ވަނީ އެމެރިކާގައި ހުންނަ މަޔޯ ކްލިނިކް ހޮސްޕިޓަލްގައި އެޑްމިޓު ކުރައްވާފައި ފަރުވާ ދެމުން ދަނިކޮށެވެ.
އެމަނިކުފާނަކީ މުޅި ދުނިޔޭގައި ހުންނެވި ވެރިންގެ ތެރެއިން ވެސް އެންމެ ގިނަ ދުވަސް ވަންދެން ވެރިކަން ކުރެއްވި ބޮޑު ވަޒީރެވެ. އެގޮތުން އެމަނިކުފާނަކީ ބަހްރައިން ފުރަތަމަ ބޮޑުވަޒީރެވެ. އަދި ބޮޑުވަޒީރުކަމަށް އެމަނިކުފާނު ވަޑައިގަތީ 1970 ވަނަ އަހަރުއެވެ. އެއަށް ފަހު އުމުރު ދުވަހު ވެސް އެމަނިކުފާނު ހުންނެވީ ހަމަ ބޮޑުވަޒީރު ކަމުގެ މަގާމުގައެވެ.
އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، ބަހްރައިން ގެ "ކިންގް" ކަމުގައިވާ ހަމަދް ބިން އީސާ އަލް ޚަލީފާ ވަނީ އެގައުމުގެ ސަރުކާރު 3 ދުވަހަށް ބަންދު ކުރުމަށް ފަހު ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވާފައެވެ.