Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބާކީ ހުރި ކަދުރު ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބިދޭސީންނަށް ދިނުމަށް ނިންމައިފި

މިއަހަރު ވެސް ސައުދީ ސަރުކާރުންނާއި، ޔޫއޭއީގެ ހަލީފާ ފައުންޑޭޝަންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ބަހަން ހަދިޔާކުރި ކަދުރުގެ ތެރެއިން ބާކީ ހުރި ކަދުރު ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބިދޭސީންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެ ކަދުރު ކައުންސިލްތައް މެދުވެރިކޮށް ދިވެހިންނަށް ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ ނަމަވެސް އަދިވެސް ކަދުރާ ހަވާލު ނުވާ ކައުންސިލްތައް އެބަހުރި ކަމަށެވެ. އެ ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ކަދުރާ ހަވާލުމަށް ވަނީ އެދިފަ އެވެ.

ރާއްޖެއަށް ވެސް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކައުންސިލްތަކުން ވެސް ކަދުރާ ހަވާލުވެ ރައްޔިތުންނަށް އެ ތަކެތި ފޯރު ކޮށްދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މި މުއްދަތަށްފަހު ބާކި ހުރި ކަދުރުތައް ކަރަންޓީންގައި ތިބި މީހުންނާއި، ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިތިބި ބިދޭސީން ބައިތިއްބާފައިވާ ފެސިލިޓީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް