ޚަބަރު

ފިލައިގެން ނޭކުރެންދޫއަށް އެރި 3 މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ

ހދ. މަކުނުދޫއިން ފުރައިގެން އެ އަތޮޅު ނޭކުރެންދޫއަށް ދިޔަ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ ތިން މީހުން ނޭކުރެންދޫއަށް އަރާފައިވަނީ ސިއްރުން ކަމަށެވެ. އެ މީހުން ފެނިފައިވަނީ ނޭކުރެންދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ރަށުގެ ފުއްޓަރު ފަރާތު ފަޅުތަރެއަށް ޑިންގީ ކައިރިކޮށް ރަށަށް ފައިބަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި އުމުރުން 25 އަހަރުގެ ދެ ދިވެހި ފިރިހެނުންނާއި 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!