ޚަބަރު

ގިނަ ގޭގެއަށް ކަނދުރު ނުލިބޭ ކަމަށް ދެކެވޭ ވާހަކައަށް މަހްލޫފް ރައްދު ދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ފޮނުވި ކަދުރު ބަހާ ނިމުނުއިރުވެސް ގިނަ ބަޔަކަށް ކަދުރު ނުލިބޭ ކަމަށެ ދެކެވޭ ވާހަކަތަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ރައްދު ދެއްވައިފިއެވެ.

ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ގިނަ އަދަދަކަށް ކަދުރު ދިވެހިރާއްޖެއަށް ހަދިޔާކުރެއެވެ. މިއަހަރު ބަހަން ފޮނުވި ކަދުރު އެއްކޮށް ބަހާ ނިމިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ. މިގޮތުން ކަދުރު ބަހާފައިވަނީ އިސްލާމިކް މިނިސްޓްރީން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކަނދުރު ބަހާ ނިމުނު އިރުވެސް ގިނަ ބަޔަކަށް ނުލިބޭ ކަމަށް ބުނެ އޮތް ހަބަރެއް ޓްވީޓު ކުރައްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަށް ކަދުރު ބަހާނިމިފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ކަދަރު ބެހީ 436 ގޭބިސީ ކަމަށާއި އެއީ ރޯގާގެ ސަބަބުން އެހީވުމަށް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފު އިތުރަށް ވިދާޅުވީ އާއްމު އުސޫލަކީ އައިޑީ ކާޑު ހިފައިގެން ދިޔައީމާ ކަދުރު ދޫކުރުން ކަމަށާއި ނަމަވެސް ރޯގާގެ ސަބަބުން އެކަން މިވަގުތު ވާކަށް ނެތް ކަމަށެވެ. ކައުންސިލްތަކާއި އެކީ ރައްޔިތުންނަށްވީ ކަދުރު ހަވާލުކުރުމަށް މަސައްކަތްކުރަމުން ދާކަމަށްވެސް މަޙްލޫފު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!