މިއަދަކީ ކިތައްވަނަ ޖުމްހޫރީ ދުވަސްކަން ރައީސް މައުމޫން ސާފުކޮށްދެއްވައިފި

ރާއްޖޭގައި މިއަދު ފާހަގަކުރަމުން އަންނަނީ ކިތައް ވަނަ ޖުމްހޫރީ ދުވަސްކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސާފުކޮށްދެއްވައިފިއެވެ.
މިއަދަކީ 52 ވަނަ ޖުމްހޫރީ ދުވަސްތޯ ނުވަތަ 53 ވަނަ ޖުމްހޫރީ ދުވަސްތޯ ޔަގީން ނުވެ ބައެއް ފަރާތްތަކުން މީސް މީޑިއާގައި ވަނީ އެވާހަކަ ދައްކަވާފައެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުންމިދާ ދެވަނަ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނީ 1968 ގައިކަމުން މިޖުމްހޫރިއްޔާއަށް މިއަދު މިފުރުނީ 52 އަހަރު ކަމަށެވެ
“އަދި މިއަދަކީ ރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަސް. ފުރުނު އަހަރާއި ވަނަ އަހަރު ތަފާތުވާނެ” ރައީސް މައުމޫން ވިދާޅުވިއެވެ.