މާލޭގެ ވަކި ހިސާބެއްގައި މިރޭ 12 އިން 2 އަކަށް ފާހަނާ އަދި ސިންކު ބޭނުން ކުރުން މަނާކޮށްފި

މާލޭގެ ވަކި ހިސާބެއްގައި މިރޭ 12 އިން 2 އަކަށް ފާހަނާ އަދި ސިންކު ބޭނުން ކުރުން މަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އެ ސިޓީ ކައުންސިލްގެ “ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު” ގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ކުރިން އަޅާފައި އޮތް ނަރުދަމާ ހޮޅިއާއި އަލަށް އަޅާފައިވާ ނަރުދަމާ ހޮޅީގެ މަސައްކަތް މިރޭ ދަންވަރު 12 އިން 2 އަކަށް ކުރިއަށް ދާނެ ކަމަށެވެ.

އަދި މި ވަގުތުތަކުގައި މުނިޔާ މަގާއި މަޖީދީމަގާ ދޭތެރޭ ހިމެނޭ ކަނބާއައިސާ ރަނި ހިނގުމުގައިވާ ގެތަކުގައި ފާހަނާ އާއި ސިންކު ބޭނުން ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކައުންސިލުން ވަނީ މާފަށް އެދިފައެވެ.