ޚަބަރު

އައިސޮލޭޝަނަށް ފަހު މަހްލޫފް އަނެއްކާވެސް އެނބުރި ޑެލިވަރީ ކުރުމަށް!

އައިސޮލޭޝަންގައި ހުންނެވުމަށް ފަހު ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އެނބުރި ޑެލިވަރީ ކުރުމުގައި ބައިވެރިވާން ފަށައިފިއެވެ.

މަހްލޫފް އިސްކޮށް ހުންނަވައިގެން ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވި ވޮލަންޓިއަރުންގެ ގްރޫޕުން މަަސައްކަތްކޮށްދިން، އިހުސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން ވުމުން މަހްލޫފް ވަނީ ގޭގައި އެކަހެރިވެފައެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 15 ދުވަސް ފަހުން އިހްސާން ފިހާރައިގެ ވޮލަންޓައަރުންނާއެކު އެނބުރި މަސައްކަތަށް ނިކުންނަވާފައިވާ ކަމަށެވެ.

"މިކަމުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އެޗްޕީއޭ އިން ޑެލިވަރީ ކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކަން." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްއާއި ވޮލަންޓިއަރުން ގޭގައި މަޑުކުރަން އޭނާ އެންގެވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އިހްސާން ފިހާރައިގެ ދެ މުވައްޒަފުން ކޮވިޑަށް ފައްސިވިކަން އެ ފިހާރައިން އެންގި ހިސާބުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!