ޚަބަރު

ބިދޭސީންނަށް އެހީވާން ރެޑް ކްރެސެންޓުން ހުޅުވި ފަންޑަށް 190،000 ރުފިޔާ ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވާން މޯލްޑިވްސް ރެޑް ކްރެސެންޓުން ހުޅުވާފައިވާ ރިލީފް ފަންޑަށް މިހާތަނަށް 190،000 ރުފިޔާ ލިބިއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ މި ފަންޑު ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށާއި މި ފަންޑުގެ ބޭނުމަކި ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވުމަށް އެމްއާރްސީން މިހާރުވެސް ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ މި ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އެމްއާރްސީގެ ވެބްސައިޓުގައިވާ "ޑޮނޭޓް" ބަޓަން މެދުވެރިކޮށް ކަމަށާއި އަދި ވެބްސައިޓްގައިވާ ބޭންކް އެކައުންޓްތަކަށް ފައިސާ ފޮނުވައިގެން ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

ނާޝިދު ވިދާޅުވީ މި ފަންޑަށް މިހާތަނަށް 190،000 ރުފިޔާ ލިބިފައިވާއިރު، މި ވަގުތަކީ މިއީ އެކަކު އަނެކަކަށް އެހީތެރިވެ، ދީލަތިކަން ފޯރުކޮށްދޭންވީ ވަގުތު ކަމަށެވެ. އެހެންކަމުން މި ފަންޑަށް ފައިސާ ހަދިޔާކުރަމުން ގެންދިޔުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން ކޮވިޑަށް އެންމެ ގިނައިން ފައްސި ވެފައިވަނީ ބިދޭސީންނެވެ. އެގޮތުން މި ބައްޔަށް ރާއްޖެއިން ފައްސިވި 519 މީހުންގެ ތެރެއިން 341 މީހުންނަކީ ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!