ޚަބަރު

ގުޅީފަޅުގައި ގާއިމްކުރި 665 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލީޓީގެ މަސައްކަތް ނިމިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށް ގުޅީފަޅުގައި ގާއިމުކުރި 665 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީގެ މަސައްކަތް ނިމިއްޖެއެވެ.

Ads by STELCO

މި ތަނުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް އާއި އެމްޓީސީސީ އާއި އަދިވެސް އެހެން އެޖެންސީތައް ގުޅިގެންނެވެ.

މިތަނަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިދޭސީންނެވެ. އެގޮތުން ރޭ 113 ބިދޭސީއަކު އެތަނަށް ބަދަލު ކޮށްފައި ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މި ތަނުގެ މަސައްކަތް ނިމުނުއިރު ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި އަންނަނީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލޭގައި ހަދާ މި މެޑިކަލް ފެސިލިޓީގައި 300 އެނދުގެ ޖާގަ ހުންނާނެއެވެ.

އެ ފެސިލިޓީ އަކީ ހާއްސަ އަޅާލުން ބޭނުންވާ ބަލި މީހުން ބެލޭނެ ފަދަ ގޮތަކަށް ތައްޔާރުކުރާ ތަނެއް ކަމަށްވާއިރު އެތަނުގައި ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ އެމްއެންޑީއެފުންނެވެ. އަދި އެމްއެންޑީއެފަށް އެހީތެރިވުމުގައި އެޗްޑީސީ، ފެނަކަ، ސްޓެލްކޯ، މަސީ، އަމީން ކޮންސްޓްރަކްޝަން، އެސްޓީއޯ އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!